ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ ބޮޑުވަޒީރުގެ ނައިބުގެ މަގާމު ޖާބިރު ބޭނުންވޭ

ދިވެހި ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު އުވާލާ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްފިނަމަ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަގާމު ބޭނުންފުޅުވެލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބ...

26 Nov 2019 | 06:53

ދިވެހި ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު އުވާލާ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްފިނަމަ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަގާމު ބޭނުންފުޅުވެލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ އެފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ، ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެެނެސްފިނަމަ ބޮޑު ވަޒީރު ކަމުގެ މަގާމަށް އިސްވެވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކަން ވެސް ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ވަނީ އެބޭފުޅާގެ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދު ކަމަށްވާ ގާފަރާ ކާށިދޫ ކޭބަލް ކާރުން ގުޅުވާލުމުގެ މަސައްކަތް ފެއްޓެވުމަށްޓަކައި ދިރާސާ ކުރަން ތަޖްރިބާކާރުން އިޓަލީއިން ގެނެސް ދިރާސާ ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް