ޑރ. އަފްރާޝީމް އަލީގެ މަރު ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލާނެ ޖާގައެއް ނެތް ކަމަށް މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ އިމްރާން ހާޒިރުކޮށް މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ޑރ. އަފްރާޝީމް މަރުގެ މައްސަލަ ތަހުގީގުކޮށް، މަރުގެ ކޮމިޝަނުން ތައްޔާރުކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
އެ ރިޕޯޓް ނެރުމާއެކު މަރުތައް ބަލާ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިސްވެރިންނާއެކު ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް