މާއުނގޫދުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ހޯދައިފި

ށ. މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ފުލުހުން ހޯދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޒިރުކޮށް މެމްބަރުން ކުރިމަތި ކު...

26 Nov 2019 | 05:06

ށ. މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ފުލުހުން ހޯދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޒިރުކޮށް މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެބޭފުޅާ ވިދާޅުވީ، މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލަ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ތަހުގީގު ކުރިއިރު، އެކަން ކުރި މީހުން ތިބި ދޯނި މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

އެ ދޯނި މިވަގުތު އޮތީ ކަނޑުމަތީގައި ކަމަށާއި ދޯނި އަތުލުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މެމްބަރުން ކުރެއްވި އިތުރު ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ،ހިތަދޫގައި ހަދާ ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ އަސްކަރީ ބޭހެއްގެ ގޮތުގައި ބޭނުންކުރަން ހަދާ ތަނެއްނޫން ކަމަށާއި އެތަނުގައި ރާއްޖެ ވެސް އަދި ބޭރުގެވެސް މިލިޓްރީ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށެވެ.

ޓެރަޒިމް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން ހުރި ޖަމާއަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، ރާއްޖޭގައި އައިސިސްއާ ގުޅުންހުރި ބައެއް ފަރާތްތައް ބަންދުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް