މަޝްހޫރު "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކެޕޭއަށް އިންޒާރުދީ ހަމަލާ ދިނުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް އެމައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެބޭފުޅާ ނުދެއްވައެވެ.
މެރާކީ ކެފޭއަށް ހަމަލާދީ އިންޒާރުގެ ނޯޓެއް ލިޔެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
މެރާކީގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލީ އެތަނުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަންހެނަކު ފިރިހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ނުުރުހުން ފާޅު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް