ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޝިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ބުނީ ބައްދަލުވުން އޮތީ މަޖިލީހުގެ އިދާރާގައި ކަމަށެވެ. އެކަމަކު ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ވާންގް މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ.
މީގެ އިތުރުން މި ޒިޔާރަތުގައި އެކަމަނާ ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއިވެސް ބައްދަލު ކުރައްވާފަ އެވެ. ވަކިން ބޭއްވެވި މި ބައްދަލުވުމާއި ގުޅޭ ތަފްސީލްވެސް މަޖިލީހުން ހާމައެއް ނުކުރެ އެވެ.
https://twitter.com/mvpeoplesmajlis/status/1452934714885492747
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް