އެޗްއާރްސީއެމުން ހޭލުންތެރިކުރުމުގެ ސެޝަނެއް މާފުށީގައިި ކުރިއަށް ގެންގޮސްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ފަރާތުން ކ. މާފުށީގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަނ...

26 Oct 2021 | 18:17

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ފަރާތުން ކ. މާފުށީގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެޗްއާރްސީއެމް އިން ހާމަކުރައްވާ ގޮތުގައި މި ސެޝަނުގެ މައިގަނޑު މަޤްސަދަކީ، ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ޤާނޫނަކީ ދިވެހިރާއްޖެއަށް ވަރަށް އައު ޤާނޫނަކަށް ވުމާއެކު ވިސްލްބްލޯ ކުރުމަކީ ކޮބައިކަން ބުނެދިނުމެވެ.

އަދި ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކާއި، ނޭދެވޭ އަމަލުތަކަކީ ކޮބައިކަމާއި، ވިސްލްބްލޯ ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތާއި، ވިސްލްބްލޯ ކުރުމުން ބަދަލު ހިފުމަށް އަމަލު ކުރާނެ ގޮތްތަކާއި، ވިސްލްބްލޯ ކުރާ ފަރާތަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ބަޔާންކޮށް ދިނުމާއިއެކު، މި ޤާނޫނަށް ޢާންމުން ހޭލުންތެރި ކުރުވައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމެވެ.

މި ސެޝަނުގައި މާފުށީގައި ޤާއިމްކުރެވިފައިވަ ދަޢުލަތުގެ އިދާރާތަކުން ޖުމްލަ 15 ބައިވެރިން ބައިވެެރިވިއެވެ.

މި ސެޝަނުގައި ދައުލަތުގެ އިދާރާ ތަކުގައި ޤާއިމު ކުރަން ޖެހޭ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް ޤާއިމް ކުރުމާ ގުޅޭގޮތުންނާއި އެ ޔުނިޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާ ކުރެވުނެވެ. މީގެ އިތުރުންވެސް މި ޤާނޫނާއި ގުޅިގެން ބައިވެރިން ކުރެއްވި ސުވާލުތަަކަށް ޖަވާބު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް