ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް 10 އަތޮޅަކުން 18 ރަށެއް ދޫކުރަން ނިންމާ ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
މި ރަށްތައް ހާމަކުރީ ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިޔަށްދާ އެކްސްޕޯ 2020 ގެ ތެރެއިންނެވެ. މިހާރު އެ ރަށްތަކުގެ ތަފްސީލް ވަނީ ގެޒެޓުކޮށްފަ އެވެ.
ރިސޯޓް ހަދަން ހުޅުވާލި ރަށްތަކަކީ:
ހއ. އަލިދުއްފަރު ފިނޮޅު ތިން ހެކްޓަރު، މެދުފުށި 10.90 ހެކްޓަރު
ހދ. ކުޑަކަރުފަސްގަނޑު 1.20 ހެކްޓަރު
ށ. ކުޑަޅައިމެންދޫ 14.70 ހެކްޓަރު
ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރުގެ އިތުރުން 10.90 ހެކްޓަރު
މ. ސީދީ ހުރާ 1.28 ހެކްޓަރު، ސީދީ ހުރާ ވެލިގަނޑު، ސީދީ ހުރާ ހިމެނޭހެން ތިން ހެކްޓާރު އަދި މާއުސްފުށި 10.40 ހެކްޓާރު
ފ. އެނބުލުފުށި އެއް ހެކްޓަރު، ޖިންނަތުގައު 0.89 ހެކްޓަރު
ތ. ކާއްޑޫ 3.9 ހެކްޓަރު، އޮޅުފުށި އަދި އޮޅުފުށި ފިނޮޅު 3.54 ހެކްޓަރު
ލ. ކަށިދޫ 3.1 ހެކްޓަރު، ބޮޑުމުންޏަފުށި ތިން ހެކްޓަރު އަދި ދޮންބެރެހާ އަދި ހޮޅަރެހާ 4.44 ހެކްޓަރު
ގއ. މާރެހާ 17 ހެކްްޓަރު، ފުނަދޫވިލިގިއްލާ ފަސް ހެކްޓަރު
ގދ. ކަނޑަހަލަގަލާ 7.4 ހެކްޓަރު، ފެެރޭތަވިލިގިއްލާގެ 1.2 ހެކްޓަރާއި، ދެކާނބާގެ 2.39 ހެކްޓަރާއި،ކޮޑެރަޓާގެ 2.5 ހެކްޓަރު އެވެ.
މި ރަށްތަކަށްް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހާއި އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް