ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އިތުރު ޓީޗަރަކު ސަސްޕެންޑު ކޮށްފި އެވެ.
އެ ޓީޗަރަކީ އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭ ފިރިހެން ޓީޗަރަކެވެ.
ފުލުހުން ބުނީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލައިގެ އިދާރީ ތަހުގީގު ކުރިޔަށް ދާ ކަމަށެވެ. އަދި މައްސަލަ ބަލާ ނިމެންދެން މުވައްޒަފު ހުރީ ސަސްޕެންޑު ކުރެވިފަ ކަމަށް މައުލޫމާތުދެ އެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު ވަނީ ދަރިވަރުންގެ އިތުރުން މުވައްޒަފުންތަކަކަށްވެސް ޖިންސީ ގޯނާ ކޮށްފަ އެވެ. އެކަމަކު އެކަން ކަށަވަރެއް ނުވެ އެވެ.
މި ފަހަކަށް އައިސް ޓީޗަރުންނާއި ގުޅޭ ޖިންސޯ ގޯނާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
އެގޮތުން ގއ. ކޮލަމާފުށީ ސްކޫލްގެ ބިދޭސީ ޓީޗަރެއްގެ މައްޗަށް ޖިންސީ ގޯނާގެ ކުރެވި ސަސްޕެންޑު ކޮށްފަވެ އެވެ. އަދި ނ. ޅޮހީ ސްކޫލުގެ އަންހެން ޓީޗަރަކު އެ ސްކޫލްގެ ދަރިވަރަކާ ދެމެދު ބަދުއަހުލާގީ ކަންތައްތަކެއް ހިނގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެ ޓީޗަރުވެސް ހުރީ ސަސްޕެންޑު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް