ރައީސް ސޯލިހުގެ ޒިންމާއަކީ މަޖިލީހުގެ ރައީސްގެ ރައްކާތެރިކަން ކަށަވަރުކުރުން: ސުޖާއު

ރައީސް ސޯލިހުގެ ޒިންމާއަކީ މަޖިލީހުގެ ރައީސްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަ...

26 Oct 2021 | 13:25

ރައީސް ސޯލިހުގެ ޒިންމާއަކީ މަޖިލީހުގެ ރައީސްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސުޖާއު ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސްގެ ސެކިއުރިިޓީ ވަރުގަދަކުރުމުގެ ގޮތުން ހޮޓެލް ޖެން ގައި ބަހައްޓާފައި ހުރުމުން އެކަމަށް ވަަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އޭގެ މާނައަކީ އަމާންކަމާއި ރައްކާތެރިކަން ނެތްކަމަށް ބުނެ ރައްޔިތުންގެ ފައިސާއިން މަޖިލީހުގެ ރައީސް ހޮޓަލެއްގައި ބެހެއްޓެވުން ނޫން. މިކަން ބަލައިނުގަނެވޭނެ. މިސަރުކާރުން ދަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ހިތުހުރިގޮތަކަށް ބޭނުން ކުރަމުން." ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައި ހުޅުމާލެ ފޭސް 2 ހިއްކީ ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަތްފޯރާފަށުގައި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލެ ފޭސް 2 ހިއްކާ، ތޮށި ލާ، މަގު ހަދާ، ލައިޓު ދިއްލާ، ފެނާއި ކަރަންޓާއި އަދި ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީފައިކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

އެތަނުގައި ރައީސް ސާލިހް ބާއްވަވައިދެއްވި ގައު ފުކެއްހާ މިންވަރުވެސް ނޯންނާނެކަމަށް ސުހާއު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް