ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޓީބީ ނައްތާލުމާގުޅޭ ހައިލެވެލް ބައްދަލުވުމެއް ބާއްވައިފި

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީބީ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް އާހިތްވަރަކާއެކު ސަރަހައްދުން ޓީބީ ނައްތާލުމާގުޅޭ ހައިލެވެލް ބައްދަލުވުމެއް ބާއްވައިފި އެވެ. ވަރޗުއަލްކޮށް ކުރިއަށްދިޔ...

26 Oct 2021 | 12:58

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީބީ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް އާހިތްވަރަކާއެކު ސަރަހައްދުން ޓީބީ

ނައްތާލުމާގުޅޭ ހައިލެވެލް ބައްދަލުވުމެއް ބާއްވައިފި އެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މި ސަރަޙައްދުގެ ޤައުމުތަކުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި، ޚާއްޞަ މަންދޫބުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސަރަޙައްދުން ޓީބީ ނައްތާލުމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދުވުނު މި ބައްދަލުވުމުގައި ސަރަހައްދުގެ

އެހެން ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއިމިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހިރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރެއްވުމާއެކު 2025 ވަނަ އަހަރު ނިމޭއިރު، ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާކަމުގައި ހާމަކުރެއްވި އެވެ.

މިނިސްޓަރގެ ވާހަކައިގާ މިސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގައި ޓީ.ބީ ޖެހޭ މިންވަރު މަދުކަން ފާހަގަކުރެއްވި އެވެ. އަދި ޓީބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މި ސަރަޙައްދުން ޓީބީ ނައްތާލުމާއި، ޓީ.ބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ޞިއްޙަތާބެހޭ ވަޒީރުން

"ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް" އެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

މިގޮތުން، 2030 ވަނަ އަހަރު ޓީ.ބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް މަސައްކަތްކުރުމާއި، ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރުންވަނީ މި ސްޓޭޓްމަންޓްގައި އެއްބަސްވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް