ކޯވިޑްގެ ޖެހިގެން އައްޑޫން މިއަދު ދެވަނަ މީހަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދުމެންދުރު1:10 ގައި އެވެ. މަރުވި...

26 Oct 2021 | 12:09

ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދުމެންދުރު1:10 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުން ދަނީ އައްޑު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ. މިއީ މިއަދު އެ ފެސިލިޓީގައި ފަރުވާ ދެނިކޮށް މަރުވި ދެ ވަނަ މީހާ އެވެ.

ރޭ ދަންވަރު12:10 ގައި މަރުވެފައިވަނީ އުމުރުން86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު މަރުވި ދެމީހުންނާއި އެކު އެ ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެނިކޮށް މިމަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ. މީގެ ކުރިން މިމަހު އެ ފެސިލިޓީގައި ފަރުވާ ދެނިކޮށް މީހުން މަރުވެފައިވަނީ އަށް ވަނަ ދުވަހާއި 14 ވަނަ ދުވަހު އަދި 18 ވަނަ ދުވަހު އެވެ.

މިއަދު އައްޑޫއިން މަރުވި މިހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 242 އަށް އަރާފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 87،000 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް