ޓޮޓެންހަމް މެޗުން ނަތީޖާ ނެރެން މަޖުބޫރު ކޮށް ސޮލްޝެއަރ އަށް އިތުރު ފުރުސަތެއް

ލިވަޕޫލާއި ދެކޮޅަށް ކުޅެ ލަދުވެތި ބައްޔަކުން ޔުނައިޓެޑް ބަލިވި ނަމަވެސް އަންނަ ހަފްތާ ހޮނިހުރު ދުވަހު ޓޮޓެންހަމް އާއި ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ މޮޅެއް ހޯދުމަށް މަޖުބޫރުކޮށް ޔުނައިޓެ...

26 Oct 2021 | 11:36

ލިވަޕޫލާއި ދެކޮޅަށް ކުޅެ ލަދުވެތި ބައްޔަކުން ޔުނައިޓެޑް ބަލިވި ނަމަވެސް އަންނަ ހަފްތާ ހޮނިހުރު ދުވަހު ޓޮޓެންހަމް އާއި ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ މޮޅެއް ހޯދުމަށް މަޖުބޫރުކޮށް ޔުނައިޓެޑްގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ އަށް އިތުރު ފުރުސަތެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅޭ މެޗުން ނަތީޖާނެރެ މޮޅެއް ހޯދުމަށް ސޮލްޝެއަރ އަށް މަޖުބޫރުކޮށް އިތުރަށް ޔުނައިޓެޑްގެ ކޯޗު ކަމުގައި ހުރުމަށް ފުރުސަތެއް ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު، ޓޮޓެންހަމް މެޗުން ޔުނައިޓެޑަށް މޮޅެއް މުހޯދިއްޖެ ނަމަ ސޮލްޝެއަރ އަށް އިތުރު ފުރުސަތެއް ނުދީ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑްގެ ބޯޑުން ބައްދަލުވުމެއް ބޭއްވުމަށް ފަހު ސޮލްޝެއަރ އަށް އިތުރު ފުރުސަތެއް ދީ ޓީމު ގޮވައިގެން ފަރިތަކުރުންތަކަށް ނިކުތުމަށް ވެސް ސޮލްށެއަރ އަށް  އަންގާފައިވާކަމަށާއި އެގޮތުން ޔުނައިޓެޑްގެ ޓީމް ސޮލްޝެއަރ ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް މިއަދު ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ސޮލްޝެއަރ އަށް ފާޑުކިޔުންތައް އަމާޒުވެ ޕްރެޝަރ ބޮޑުވެފައިވަނީ އެންމެ ފަހުން ލީގުގައި ލިވާޕޫލާއި ދެކޮޅަށް ކުޅެ0-5 ނެ ގަތީޖާއަކުން ޔުނައިުޓެޑް ބަލިވުމާއި ގުޅިގެންނެވެ.

ސޮލްޝެއަރ ޔުނައިޓެޑްހެ ކޯޗުކަމާއި ހަވާލުވެފައިވަނީ 2018 ވަނަ އަހަރުގައެވެ. ޔުނައިޓެޑްގެ ކޯޗުކަމާއި ސޮލްޝެއަރ ހަވާލުވީ އޭރު އެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ދުރުކުރުމަށް ފަހުގައެވެ. އެންމެ ފުރަތަމަ އެ މަގާމަށް ސޮލްޝެއަރ ހަމަޖެއްސީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ތިން މަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް އެ ތިން މަސްދުވަހުގެ ތެރޭގައި ސޮލްޝެއަރ ގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ހޯދަމުން އައި ރަނގަޅު ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑުން ނިންމީ އޭނާއަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ދޭށެވެ. އެގޮތުން ސޮލްޝެއަރ ގެ އެއްބަސްވުން 2024 ވަނަ އަހަރާއި ހަމައަށް އާކުރިއެވެ.

ސޮލްޝެއަރ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި މީގެ އިތުރުންވެސް ޔުނައިޓެޑުން ހޯދަމުން އަންނަ ނަތީޖާތަށް ރަނގަޅު ނަމަ އިތުރު އެއް އަހަރަށް ސޮލްޝެއަރ އާއި އެކު އެއްބަސްވުން އާކުރުމަށް ވެސް ޔުނައިޓެޑުން ވަނީ މަޝްވަރާތައް ކޮށްފައެވެ.

އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް