މަޑަވެލި އާއި ހޯޑެއްދޫ ބްރިޖަކުން ގުޅާލަން އެމްޓީސީސީ އާއި ހަވާލުުކޮށްފި

ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭ ނެގުމަށްފަހު އެ ދެ ރަށް ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައި...

26 Oct 2021 | 11:29

ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭ ނެގުމަށްފަހު އެ ދެ ރަށް ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން މަޑަވެއްޔާއި ހާދޫ އަދި ހޯޑެއްދޫ ގުޅާލާނެ އެވެ. މިތަންތަން ގުޅާލަން ނިންމާފައިވަނީ ދެ ބްރިޖަކުންނެވެ.

މި މަޝްރޫޢުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި ހާދޫ އާއި ހޯޑެއްދޫ ގުޅާލެވިގެންދާނެއެވެ. މީގެ އިތުރުން 262 މީޓަރުގެ މަގު ހަދައި، 65 މީޓަރުގެ ހަތަރު ރިވެޓްމެންޓް ޤާއިމް ކުރާނެއެވެ.

މިއީ ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން 300 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ. މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ޕްލޭނިންގް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މި މަޝްރޫޢުގެ މަޤްސަދަކީ، މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާރޓްތައް ބެދި އޮއިވަރު ބެދުމުގެ ސަބަބުން ދެރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދަ އެރުމުގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން މި ދެ ރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިން ކުރުމަށް ހަމަޖެހިފައި ވަނީ ކޮލަމްތަކަށް ސަޕޯޓްކޮށް، ބްރިޖްގެ ދަށުން އޮއި ދެމޭ ގޮތަށެވެ.

މި އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ ޒީނިޔާ ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އަލްފާޟިލް ޝާހިދު ހުސެއިން މޫސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް