ޔުނައިޓެޑް ގެ ކޯޗުކަމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ޒިދާންގެ ނެތް

އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ 0-5 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވެގެން ދިޔަ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ހުރި އޮލި ގަނަ ސޮލްޝެއަރ މަގާމުން ވަކިކުރ...

26 Oct 2021 | 11:04

އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ 0-5 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވެގެން ދިޔަ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ހުރި އޮލި ގަނަ ސޮލްޝެއަރ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ވަނީ މީޑިއާގައި ގަދަވެފައެވެ. އެގޮތުން ސޮލްޝެއަރ މަގާމުން ވަކިކުރުމަށް ޔުނައިޓެޑްގެ ބޯޑުން މަސްވަރާތަށް ކުރަމުންގެެންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗު ސޮލްޝެއަރ އެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، ރިޕޯޓުތަކުން ބުނާ ގޮތުގައި ސޮލްޝެއަރ މަގާމުން ވަކިރުމަށް ފަހު އެ މަގާމަށް ހަމަ ޖައްސާނެ ބައެއް ކޯޗުންގެ ނަންތައްވެސް ޔުނައިޓެޑުން ވަނީ ޝޯޓްލިސްޓު ކޮސްފައި ކަމަށާއި އެގޮތުން މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ދެ ނަމަކީ ކޮންޓޭ އާއި ޒިދާން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ފަހުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ސޮލްޝެއަރ ވަކިކުރުމަށްފަހު އޭނާގެ ބަދަލުގައި ޔުނައިޓެޑުން މަސައްކަތް ކުރަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ގެނައުމަށެވެ. ޒިދާން ރެއާލް މެޑްރިޑް ދޫކޮށްލީ މިދިޔަ އަހަރުގެ ހޫނު މޫސުމަގައެވެ. ރެއާލްގެ ކޯޗުކަމުން ވަކިވި ފަހުން ޒިދާން އެއްވެސް ޓީކަމާއި އަދި ހަވާލެއް ނުވެއެވެ.

ނަމަވެސް ދާދި ފަހުން އީއެސްޕީއެންގެ ރިޕޯޓަރެއް ކަމުގައިވާ ޖޫލިއަން ލޯރެންސް އާންމު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ޒިދާންގެ ނެތެވެ. ޒިދާން ޓީމަކާއި ހަވާލުވާނެ ނަމަވެސް އޭނާ ހަވާލުވާނީ ފްރާންސްގެ ގައުމީޓީމުގެ ކޯޗުގެ މަގާމާ ކަމަށާއި ކުލަބެއްގެ ކޯޗުކަން ކުރުމުގެ ޝައުގުވެރިކަމެއް މިވަގުތު ޒިދާންގެ ނެތް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ސޮލްޝެއަރ އަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމާއި ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އެންމެ ފަހުން އިޓަލީގެ އިންޓަމިލާނަށް ކޯޗު ކޮށްދިން އެންޓޯނިއޯ ކޮންޓޭކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް