ނ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ނިންމަން ބަޔަކާއި ހަވާލުކޮށްފި

ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމަން ބަޔަކާއި ހަވާޅުކޮށް އެގްރިމެންޓުގައި ސޮއިކޮށްފި އެވެ. މި މަސައްކަތްތ ހަވާލުކޮށްފައިވަނީ އަފާމީ މ...

26 Oct 2021 | 08:45

ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމަން ބަޔަކާއި ހަވާޅުކޮށް އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.

މި މަސައްކަތްތ ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް އާއި އެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާޓުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަސައްކަތް އެ ކުންފުންޏާއި ހަވާޅު ކުރީ300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.

މިމަޝްރޫއު އެ ކުންފުންޏައި ހަވާލުކޮށްފައިވަނީ 7.1 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް