ކުރިއަށް އޮތް 24 ގަޑިއިރު، ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިދާނެ ކަމުގައި ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނެފައިވަނީ ބަންގާޅު ކަނޑުގެ އިރުދެކުނުގައިވާ ސެޓަޕް ދަތުރުކުރަމުންދަނީ ހުޅަނގަށް ކަމަށެވެ. މި ސެޓަޕްގެ ޕްރެޝަރުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދުން ގާތްކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑެއް އުފެދިދާނެ ކަމަށް ބެލެވިފައިވާއިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެއިން ފެށިގެން އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހާރުވެސް ވަނީ ހުދު ސަމާލެއް ނެރެފައެވެ.
މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
ހުދު، މި ސަމާލުގައި ބުނެފައިވަނީ މިއަދު މެންދުރު 12:00 އިން ހަވީރު 06:00 އާއި ދެމެދުގެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އަދި ކަނޑުތައް ގަދަވުން ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް