އިންޑިއާގެ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން މިހާރު ދައްކާ އެންމެ ގިނަ ދުވަސްވީ ޝޯ “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ” ގެ އިތުރު ތަރިންތަކެއް ޝޯ އާއި ވަކިވާން ނިންމައިފި އެވެ.
އެ ޝޯ ފުރަތަމަ ދައްކަން ފެށީ 2009 ޖެނުއަރީގައި އެވެ. މިހާތަނަށް ޝޯގެ އެތައް ތަރިންނެއް ބަދަލުވެފައިވާއިރު އެންމެ ފުރަތަމަ ލީޑް ރޯލުން ފެނުނު ކަރަން މެހެތާ އާއި ހީނާ ހާންވެސް ވަނީ ޝޯ ދޫކޮށްލާފަ އެވެ.
މިހާރު ޝޯގެ ލީޑްރޯލުން ފެނިގެންދާ އެ ދެމީހުން ދަރިފުޅު ޝިވާންގީ ޖޯޝީ (ނައިރާ) އާއި އޭނާގެ ފިރިމީހާ މުހުސިން ހާން (ކާތިކް) ވެސް ވަނީ ޝޯ ދޫކޮށްލާފަ އެވެ. މިހާރު އެމީހުން ޝޫޓް ކޮށްފައިވާ އެންމެ ފަހުގެ އެޕިސޯޑުތައް ދައްކަމުންދާއިރު ޝޯއަށް ބޮޑެތި ބަދަލުތަކެއް އައިސް ލީޑް ރޯލް ކުޅޭ ތަރިން ބަދަލުވާކަން އާ އިޝްތިހާރަކާއި އެކު ވަނީ އިއުލާނު ކޮށްފަ އެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޝިވާންގީ އާއި މުހުސިންގެ އިތުރުން އެހެން މުހިންމު ތަރިންތަކެއްވެސް ޝޯ ދޫކޮށްލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަ ކޮށްލެވޭ މީހަކީ “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ” ގައި މާ ޖީ ގެ ރޯލުން ފެނިގެންދާ ސްވާތީ ޗިޓްނިސް އެވެ.
އޭނާގެ އިތުރުން ޝޯ އާއި ވަކިވަނީ ސުރޭކާގެ ރޯލުން ފެނިގެންދާ ޝިލްޕާ ރައިޒާދާ އެވެ. ދެން ވަކިވަނީ ގަޔޫގެ ރޯލުން ފެނިގެންދާ ސިމްރަން ކައްނާ އެވެ.
އެމީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ” ގެ ޓީމާއި އެކު މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ދެން ބޭނުންވަކީ އަނެއްކާވެސް އެހެން ދިމާލަކަށް ދާން ކަމަށް ބުނެފައިވެ އެވެ.
މި ޝޯއިން މުހުސިން އާއި ޝިވާންގީ ވަކިވެފައިވަނީ އެމީހުންގެ ދަރިން ބޮޑެތިވެގެން އުޅޭ ހިސާބު ފަށަން ޑްރާމާގެ ވާހަކައަށް ބޮޑު ބަދަލެއް ގެންނަން ނިންމުމުން ކަމަށްވެ އެވެ. އެކަމަކު މީގެ ކުރިން ވަނީ މުހުސިން ވަކިވަނީ އޭނާ ބޭނުންވާވަރުގެ އިސްކަމެއް މިފަހުން ކާތިކްގެ ރޯލަށް ޝޯގައި ނުދޭތީ ކަމަށް ބުނެ އަޑުފެތުރިފަ އެވެ.
ނައިރާގެ މައިންބަފައިންގެ ގޮތުގައި ދެއްކި ކަރަން އާއި ހީނާވެސް ޝޯ ދޫކޮށްލީ ދަރިން ބޮޑެތިވެ އެމީހުންގެ ރޯލު ދައްކަން ޑްރާމާގެ ވާހަކައަށް ބަދަލު ގެންނަން ނިންމި ހިސާބުންނެވެ.
އަލަށް “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ” އަށް ގެންނަ ބަދަލާއި އެކުލީޑް ރޯލުން ދެ އަންހެން ތަރިންނާއި ފިރިހެން ތަރިއަކު ފެނިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް