ރާއްޖެއިން ކޯވިޑް-19 އަށް ފަރުވޭ ދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:10 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.
މިއީ އެ ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެނިކޮށް މިމަހުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވ.ެ މީގެ ކުރިން މިމަހު އެ ފެސިލިޓީގައި ފަރުވާ ދެނިކޮށް މީހުން މަރުވެފައިވަނީ އަށް ވަނަ ދުވަހާއި 14 ވަނަ ދުވަހު އަދި 18 ވަނަ ދުވަހު އެވެ.
މިއަދު އައްޑޫއިން މަރުވި މިހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 241 އަށް އަރާފަ އެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 87،000 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް