ނައިބު ރައީސް ފައިސަލް ފުވައްމުލަކާއި އައްޑޫ ވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ މިއީ ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ...

26 Oct 2021 | 05:33

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ މިއީ ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނަވާނީ ފުވައްމުލައް ސިޓީއަށެވެ. މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްޠިތާޙްކޮށްދެއްވުމަށާއި، ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ބިންގާ އަޅައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އޭގެ ފަހުގައި އެ މަނިކުފާނު ވަޑައިގެންނަވާނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ދަތުރުފުޅުގައިވެސް ސިޓީގެ ކައުންސިލާއި، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ބައްދަލު ކުރައްވާނެ އެވެ. އަދި އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ފަށާ ޓްރެއިނިން ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ރައީސް އޮފީހުން ބުނީ އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށް ފަހު ނައިބު ރައީސް އެނބުރި މާލެ ވަޑައިގެންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް