ކޯވިޑް-19 ދިފާއު ވެކްސިންގެ ބޫސްޓާ ޑޯޒު1،500 އަށްވުރެ ގިނަ މީހުން ޖަހައިފި އެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިންގެ ތިން ވަނަ ނުވަތަ ބޫސްޓާ ޑޯޒު ދޭން ފެށީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ. ހެލްތް ޕްރޮޓެކްޝޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ނިޔަލަށް ބޫސްޓާ ޑޯޒު1،577 މީހުން ޖަހާފައިވާ ކަމަށެވެ.
ބޫސްޓާ ޑޯޒު ދެމުންދަނީ ވެކްސިންގެ ދެ ޑޯޒު ޖެހިތާ ހަ މަސްވެފައިވާ މީހުންނަށެވެ މިވަގުތު ބޫސްޓާ ޑޯޒު ދެނީ ފައިޒާ ވެކްސިނުން އެކަންޏެވެ.
ބޫސްޓާ ޑޯޒު ޖަހައިދެމުން ދަނީ ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހާށެވެ،
ވެކްސިންގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ394،099 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖަހާފައިވަނީ354،759 މީހުންނެވެ.
ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރާޒެނިކާ އާއި ސިނޮފާމް ވެކްސިން ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް