ނިޔާވެފައިވާ ދެމީހެއްގެ ނަމުގައި ހުއްދައަށް އެދި ހުއްދަ ހޯދައިގެން ހިންގަމުން ދިޔަ ކެފޭއެއްގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ބާތިލުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ލިބުނު ރިޕޯޓަކާއި ގުޅިގން މި އިދާރާއިން ބެލި ބެލުމުގައި، ނިޔާވެފައިވާ ދެ ފަރާތެއްގެ ނަމުގައި އެޕްލިކޭޝަނެއް ހުށަހެޅުމަށްފަހު، ނަގާފައިވާ ހުއްދައެއް ކަން އެނގެން އޮތުމުން، އެ ހުއްދަ ބާތިކޮށް މައްސަލަ ތަހުގީގކޮށްދިނުމަށް ފުލުހުންނަށް ވަނީ ހުށަހެޅިފައި ކަމަށެވެ.
https://twitter.com/MaleCitymv/status/1188054227379048448
ބާތިލުކޮށްފައިވާ ހުއްދައިގެ ކޮޕީއެއް ސިޓީ ކައުންސިލުން ޓްވީޓްކޮށްފައިވެއެވެ. ބާތިލުކޮށްފައިވާ އެ ހުއްދައިގާ ވާގޮތުގައި އެ ހުއްދަ ދީފައިވަނީ އިބްރާހިމް ރަޝީދު އަދި ހައްވާ މުހައްމަދު ނަމަކަށް ކިޔާ ދެމީހަކަށެވެ. ހުއްދަ ދީފައިވަނީ މއ. ވާދޫގޭ ގްރައުންޑް ފްލޯގައި ކެފޭއެއް ހިންގުމަށެވެ.
މި ކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ކެފޭގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް