ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 15:35 ހާއިރު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެން މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު ލަފާދެއްވުމުންނެވެ.
އެމްއެންޑިއެފުން އިތުރަށް ބުނެފައިވާގޮތުގައި މިހާރު މި މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް