މީހުން މަރަން، ސޯޝަލް މީޑީއާގައި ގޮވި ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަލީ ރަވާއު ނަމަކަށް ކިޔާ ޒުވާނެކެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖްތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިތްވަރުދެމުންދާ މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ފުވައްމުލަކުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނެފައިވީ މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށެވެ. މީހުން މަރަން ސޯޝަލް މީޑިއާގައި ގޮވި މީހަކު މިއަދު ހައްޔަރުކޮށްފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިންވެސް ހަމަ މިފަދަ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް