ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގްބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިއުމަށް އެހީތެރިވި މައްސަލާގައި އެ ޓަގްބޯޓުގެ ކެޕްޓަން އަދި އިންޖިނިއަރު ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ޓަގު ބޯޓެއްގައި އަދީބު ފިލަން މަސައްކަތް ކުރީ މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ ފިލަން އެރި ޓަގު ބޯޓަކީ "ވާގޯ 9" ނަމަކަށް ކިޔާ ބޯޓެކެވެ. އަަދީބު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގަތީ އިންޑިއާގެ ޓުޓިކޮރިން އިންނެވެ. އެ މައްސަލާގައި ޓަގުބޯޓުގެ ކެޕްޓަނަށާއި ޗީފް އިންޖިނިއަރުގެ މައްޗަށް ދައުވާ އުފުލީ އަދީބު ފިލުވަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައެވެ. އަދި ގާނޫނު ހިންގަން ހުރަސް އެޅުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާވެސް އުފުލިއެވެ. އެ ދައުވާތަކަށް އެމީހުން އިއުތިރާފުވެސްވިއެވެ.
އެމައްސަލާގައި 'ވާގޯ 9' ޓަގް ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއ ކްރިމިނަލް ކޯޓުން އިއްވީ މިދިއަ ބުރާސްފަތި ދުވަހު އެވެ.
ސުޕްރީމް ކޯޓްގެ އަމުރަކަށް ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި، އިންޑީއާގެ ޓުޓްކޮރިން އިން އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓައި އަނބުރާ ރާއްޖެއަށް ފޮނުވާލައިފައެވެ. އެމައްސަލާގައި އަދީބަށްވެސް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް