އެކި މައްސަލަތަކުގައި ހދ އަދި ހއ.އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދިޔަ މި މަސައްކަތުގައި ނައްތާލާފައިވަނީ 642 ބްރޭންޑެޑް ބަނގުރާ ފުޅި އާއި ފަސް ބްރޭންޑެޑް ބަނގުރާ ދަޅު ކަމަށެވެ.
މިއަދު ނައްތާލެވުނު ބަނގުރަލުގެ ތެރޭގައި 288 ބްރޭންޑްގެ ބަނގުރާ ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
600 އަށް ވުރެން ގިނަ ބަނގުރާ ފުލުހުން ނައްތާލާފައިވާއިރު، މި މަސްތެރޭގައި ފުލުހުންނާއި ކަސްޓަމްސްއިންވަނީ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް