އުފަންދުވަސް ފާހަގަކުރުމަށް، ބޮލީވުޑް ތަރި އާޔުޝް ޝަރްމާ އަދި އޭނާގެ އަންހެނުންނާއި ދަރިފުޅު ރާއްޖެ އަތުވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އާޔުޝްއަށް މިއަދު އެ ފުރުނީ 29 އަހަރެވެ. އުފަންދުވަސް ފާހަގަކުރުމަށް އާޔުޝް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން އަރްޕިތާ އާއި އާހިލްއާއެކުގައެވެ.
އާޔުޝްގެ މި ޗުއްޓީ ދަތުރާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އާޔުޝް ބުނެފައިވަނީ ރާއްޖެއަށް ކުރި މި ދަތުރުގައި ސްކޫބާ ޑައިވިން ކުރާނެ ކަމަށާއި ބިރާ ކުރިމަތިލައި ކަނޑުއަޑިއަށް ފީނާލަން ބޭނުންވާ ކަމަށެވެ. އަދި އަބަދުވެސް ވަރަށް ތަފާތު ގޮތްގޮތަށް އުފަންދުވަސް ފާހަގަކުރަން ބޭނުން ކަމަށް އާޔުޝް ބުނެފައިވެއެވެ.
އާޔުޝް އަންނަނީ އޭނާގެ ޗުއްޓީ ދަތުރުގެ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއަރ ކުރަމުންނެވެ.
ފިލްމު ލަވްޔާތުރީން ފިލްމީ ދާއިރާއަށް ނިކުތް އާޔުޝް މިހާރު ކުރަމުން އަންނަނީ ފިލްމު "ކްވާތާ" ގެ މަސައްކަތެވެ. އެ ފިލްމުގައި އާޔުޝްއާއެކު ފެނިގެންދާނީ ކެތުރީނާ ކައިފްގެ ކޮއްކޮ އިޒަބެއްލާ ކެއިފްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް