މަރު ކޮމިޝަނުން ހޯދަން އިއުލާނުކޮށްފައިވާ އިރުފާން ރުޝްދީ، ކަނޑުމަތީގައި ހާލުގައި ޖެހުނު ލޯންޗެއްގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ ދަންވަރު 01:00 ހާއިރު ގދ. ތިނަދުއާއި 15 މޭލު ބޭރުން "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗެއް ހަތަރު މީހުންނާއެކު ޕެޓްރޯލް ހުސްވެ އޮޔާދާކަމަށް އެމްއެންޑީއެފުން ފުލުހުންނަށް އެ މައުލޫމާތު ދިން ކަމަށެވެ.
"އޭގެ ފަހުން ލޯންޗު ތިނަދުއަށް ފަތިހު 04:22ގައި ގެނެވި، ފުލުހުންނަށް އެ ލޯންޗްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، އޭގައި ތިބި ހަތަރު މީހުން ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ބެލި ބެލުމުން، މީގެ ތެރޭގައި އިރުފާން ރުޝްދީ (25އ) ހުރިކަން ވަނީ އެނގިފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މީނާއަކީ ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ހޯދަމުންދާ މީހެއް ކަމަށާއި އިރުފާން ރުޝްދީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި އެ ލޯންޗުގައި ތިބި ހަތަރު މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
[contentcards url="https://dhuvas.mv/95990" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް