ކަސްޓަމަރުންގެ މުވާސަލާތީ އެކި ބޭނުންތަކަށް އުރީދޫއިން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް، އުރީދޫ މެދުވެރިކޮށް ކުރެވޭ އިންޓަރނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ވަރަށް ޚާއްސަ ހަތަރު އޮފަރ އެއްވަނީ ތައާރަފްކޮށްފައެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލޮވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެއެވެ.
އަންލިމިޓެޑް ވޮއިސް ޕެކްސް (އުރީދޫ ނަމްބަރުތަކަށް ގުޅުމަށް) - އެކްޓިވޭޓް ކުރެއްވުމަށް *929*3# އަށް ގުޅުއްވާ
ލޯކަލް މިނެޓްސް ޕެކްސް (އުރީދޫ އަދި ރާއްޖޭގެ އެހެނިހެން ނަމްބަރުތަކަށް ގުޅުމަށް) - އެކްޓިވޭޓް ކުރެއްވުމަށް *929*3# އަށް ގުޅުއްވާ
ކޮމްބޯ ޕެކްސް - އެކްޓިވޭޓް ކުރެއްވުމަށް *929*3# އަށް ގުޅުއްވާ
މީގެ އިތުރުން، އުރީދޫއިން ވަނީ 'ހެޕީ އަވަރ' ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނަލް އޮފަރ އެއް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. ކޮންމެ ދުވަހަކު ފަތިހު ފަހަކުން ހަވީރު ފަހަކަށް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 1ޖީބީ ޑޭޓާ މި ޕްރޮމޯޝަންގެ ދަށުން ހަމަ އެންމެ 20 ރުފިޔާއަށް ލިބިގެންދާނެއެވެ. *929*1*1# އަށް ގުޅުއްވައިގެން މި ޕެކޭޖް މިހާރު އެކްޓިވޭޓް ކުރެއްވޭނެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ 31 ޑިސެމްބަރ 2019 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް