ހުޅުމާލެއަށް ވަންނަން އުޅުނު މަސްދޯންޏެއް ފަރަކަށް އުރުމުން އެ ދޯނި އެހީތެރިކަން ފޯރުކޯށްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯންޏަކީ "ލެގޫން" ނަމަކަށް ކިޔާ 39 ފޫޓުގެ މަސްދޯންޏެއް ކަމަށާއި އެ ދޯނި ފަރަށް އުރުނީ ހުޅުމާލެ އިރުން، ކުޑަކަޅިން ވަންނަން އުޅެނިކޮށް ކަމަށެވެ.
އަދި އެކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިރޭ 09:48 ހާއިރު ކަމަށާއި އެ ދޯނި ފަރަށް އުރުނު އިރު ޖުމްލަ އަށް މީހަކު އެ ދޯނީގައި ތިބި ކަމަށާއި އެއީ ހަތް ބިދޭސީންނާއި ދިވެއްސަކު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް