ޤަވައިދާ ހިލާފައް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ދެވަނަ ފުރުސަތު ހޯދުމަށް ރޭގަނޑުން ފެށިގެން ކިއު ހެދުމަކީ، ބޭކާރު ކަމެއް ކަމަށާއި މިނިސްޓްރީއަށް ހިދުމަތް ދެވޭނީ، ދުވާލަލަށް 150 މީހުންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގެ ބުދަ ދަވަހު ދެވަނަ ފުރުސަތައް ހުޅުވާލުމާއެކު، މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ބިދޭސީން އަންނަނީ ރޭގަނޑުން ފެށިގެން ކިޔޫ ޖައްސަމުންއެވެ.
މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކިއުގެ ކަންތައް ފަސޭހަ ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިވަގުތު މިނިސްޓްރީގެ ވަސީލަތްތައް ހުރީ ދުވާލަކު 100 އާއި 150 ދެމެދުގެ މީހުންނަށް ހިދުމަތް ދެވޭނެ ވަރަށްށެވެ.
އިމިގްރޭޝަން ވިދާޅުވި ގޮތުގައި 63،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް ދަނީ އުޅެމުންނެވެ.
ޤަވާއިދާ ހިލާފަށް އުޅޭ ބިދާސީން ގަވާއިދަށް ފެއްތުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މި މައްސަލަ ހައްލު ނުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ކުރިން ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް