ނިއުޕޯޓު ހުރި ބިން 15 ދުވަހުގެ ތެރޭގައި ދައުލަތާ ހަވާލުކުރުމަށް އަންގައިފި

15 ދުވަސްތެރޭގައި ނިއުޕޯޓު ހުރި ބިން ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެތަން ހިންގާ ސްޓާޑާ ޕްރައިވެޓް ލިމިޓެޑަށް އަންގައިފިއެވެ. ސިވިލްކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ނިއުޕޯޓް ހުރި ބިނ...

26 Sep 2019 | 08:34

15 ދުވަސްތެރޭގައި ނިއުޕޯޓު ހުރި ބިން ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެތަން ހިންގާ ސްޓާޑާ ޕްރައިވެޓް ލިމިޓެޑަށް އަންގައިފިއެވެ.

ސިވިލްކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ނިއުޕޯޓް ހުރި ބިން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށެވެ. އަދި މި މައްސަލައިގައި ސާބިތު ވެފައިވާ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިސާލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުލީގެ އިތުރުން ޖޫރިމަނާ މިއަދުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.

އެ އަމުރުގައި ބުނީ، ހައުސިންގ މިނިސްޓްރީ އާއި ސްޓާޑާ ކުންފުންޏާއި ދެމެދު ބްރިޖް ވިއު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން މާރޗް ހަތް ވަނަ ދުވަހު ބާތިލުކޮށްފައި ވަނީ ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް އެބިން ބޭނުންކުރުމުގެ ހައްގު ލިބިގެން ނުވާއިރު އެ ބިން ބޭނުންކޮށްފައިވާ ކަމަށް ވެސް އަމުރުގައި ހާމަކޮށްފައި ވެއެވެ.

އެހެން ކަމުން، އެއްބަސް ބާތިލު ކުރުމަށްފަހު ބިން ބޭނުންކުރުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ކުއްޔާއި ޖޫރިމަނާ ދީފައިވާ މުއްދަތުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް