ރާއްޖޭގެ ކަނޑުތައް ސަލާމަތްކުރަން ޕާލޭއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެ އާއި ޕާލޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އ.ދ.ގެ ޢާންމު މަޖިލީހު...

26 Sep 2019 | 07:05

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެ އާއި ޕާލޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އ.ދ.ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވާދަކަފުޅުދައްކަވަމުން ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހުއްޓާލާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކަނޑުތަކުގެ ރައްކާތެރިކަމަކީ ދިވެހިންގެ ހުރިހާކަމަކާއި، ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއް ކަމަށާއި ކަނޑުތަކަށް އުކާލެވޭ ކުނީގެ ނުރައްކާތެރިކަން ފާހަގަކުރެއްވިއެވެ.

ރައީސް ގެ ވާހަކަފުޅުގައި ޙާއްސަގޮތެއްގައި ތަކެތި ބަންދުކުރުމަށް ޕްލާސްޓިކް ނޫން، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއް ހޯދާ   ޕްލާސްޓިކް މަދު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ގޮވާލައްވާފައެވެ.

ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަކީ، ވަކި ޤައުމަކަށް ޚާއްޞަ މައްސަލައެއް ނޫންކަން ހަނދުމަފުޅުކޮށްދެއްވާ ރައީސް ވަނީ، މިކަމަށް ބޭނުންވަނީ ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުންކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް