ދީނަށް ފުރަށްސާރަކުރި "ޖުހާ" ފޭސްބުކް ޕޭޖް ބްލޮކް ކޮށްފި

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރަށްސާރަކޮށް ދިވެއްސަކު ހިންގަމުންދާ "ޖުހާ" ފޭސްބުކް ޕޭޖް ރޭ ނަގައިފިއެވެ. ކޮމިނިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން...

26 Sep 2019 | 06:00

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރަށްސާރަކޮށް ދިވެއްސަކު ހިންގަމުންދާ "ޖުހާ" ފޭސްބުކް ޕޭޖް ރޭ ނަގައިފިއެވެ.

ކޮމިނިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިވެއްސަކު ހިންގާ "ޖުހާ" ފޭސްބުކް ޕޭޖް މިހާރު ނަގާފައިވާ ކަމަށެވެ.

އެގޮތުން އެ ޕޭޖް ފޭސްބުކް އިން ނެގުމަށް މިނިސްޓްރީންނާއި ކަމާ ގުޅޭ އިދާރާތަކުން ގިނަ މަސައްކަތެއް ކުރިކަމުގައި މިނިސްޓަރު މަލީހު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ޕޭޖް ހިންގާ މީހުން ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު ފުލުހުން އަންނަނީ އެމީހުން ހޯދުމުގެ މަސަތްކަތް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕޭޖް ނެގިނަމަވެސް އެފަދަ އެހެން ޕޭޖްތައް ހެދުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް މިނިސްޓަރު މަލީހް ވަނީ ނަސޭހަތްތެރިވެރިވެފައެވެ.

"އަޅުގަނޑުމެން އެދެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ ތަރަހައިގެ ތެރެއިން ބޭނުން ކުރުން. އިސްލާމްދީނަށާއި ރަސޫލާ އަށް އެއްޗެހި ކިޔުން އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ'' މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން، ރޭ "ޖުހާ" ޕޭޖް ނަގައިފައި ވާއިރު، "ދިވެހި އެތީސްޓްސް/ މޯލްޑިވްސް އެތީސްޓްސް" ގެ ނަމުގައި ވެސް އެފަދަ ޕޭޖެއް އަންނަނީ ހިންގަމުންނެވެ. އެ ޕޭޖް ނެގުމަށް ފުލުހުން ވަނީ މިހާރު ފޭސްބުކް ގައި އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް