ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާނަށް ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް މަރުގެ އިންޒާރެއް ދީފިއެވެ.
ސަލްމާނަށް މަރުގެ އިންޒާރު ދީފައިވާ މި ޕޯސްޓް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، އޭނާގެ ސެކިއުރިޓީ މިހާރު ވަނީ އެކަމުގެ ބިރަށް ވަރުގަދަކޮށްފައެވެ.
މިމަހުގެ ކުރީކޮޅު މީހަކު ކުރި މި ޕޯސްޓްގައި، ފަގީރުންނަށް ޞަދަގާތް ކުރުމާއި މަސްތުވާތަކެތިން ދުރުވުމަށް ސަލްމާނަށް ވަނީ ގޮވާލައިފައެވެ. އަދި އަންހެނުންނަށް އިހުތިރާމް ކުރުމަށާއި ޖަނަވާރުން ހިމާޔަތް ކުރުމަށް ވެސް އެ ޕޯސްޓުގައި ސަލްމާނަށް ވަނީ ގޮވާލައިފައެވެ.
ސަލްމާންގެ މައްޗަށް މިހާރުވެސް ހިމާޔަތްކޮށްފައި އޮތް ދެ ފުއްލާ މަރައިލި މައްސަލައެއްގައި ޖަލުހުކުމެއް ވަނީ އައިސްފައެވެ. މި ދެ ފުއްލާ ޝިކާރަ ކުރުމުގެ މައްސަލައިގައި އޭނާގެ މައްޗަށް މިދިޔަ އަހަރު ވަނީ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް މިހާރު އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
މިއީ ސަލްމާނަށް މަރުގެ އިންޒާރު އައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ގޭންގުތަކުންވެސް އޭނާ އަށް ވަނީ މަރުގެ އިންޒާރު ދީފައެވެ.
މި އިންޒާރާއި އެކު އޭނާގެ ސެކިއުރިޓީ މިހާރު ވަނީ ދެގުނައަށް ވަރުގަދަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް