ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ދެން އަޅަން ޖެހޭ ފިޔަވަޅު މެންބަރުންނަށް ސާފުވާނެ: ރައީސް ނަޝީދު

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަމަށާއި ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ކަން ކުރަން ޖެހޭ ގޮތް މެންބަރުންނަށް ސާފުވާން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީ...

26 Aug 2020 | 06:47

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަމަށާއި ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ކަން ކުރަން ޖެހޭ ގޮތް މެންބަރުންނަށް ސާފުވާން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހުނު ނަމަވެސް އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް މީގެ ކުރިން ވެސް ވަނީ ކަނޑައަޅައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތަސްދީގު ކުރި މި ގާނޫނު މިއަދާ ހަމައަށް ވެސް ގަވާއިދު ގެޒެޓް ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެން އަޅަން ޖެހޭ ފިޔަވަޅު މަޖިލީހުގެ މެންބަރުންނަށް ސާފުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުން އަޅަން ޖެހޭ ފިޔަވަޅު މެންބަރުންނަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެ ގޮތަށް ފާސްކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް