މާލެ އަތޮޅު ހިމެނޭހެން ހަ އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މާލެ އަތޮޅު ހިމެނޭހެން ހަ އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ގާތްގަނޑަކަށް ދެންމެގެ ވަގުތެއްގައި، 08:00...

26 Aug 2019 | 15:13

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މާލެ އަތޮޅު ހިމެނޭހެން ހަ އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ގާތްގަނޑަކަށް ދެންމެގެ ވަގުތެއްގައި، 08:00 ހާއިރުގައެވެ.

އެ ސަމާލުގައި ބުނެފައިވާގޮތުގައި މިރޭ 08:15 އިން މިރޭ 11:00 އާއި ދެމެދުގެ ވަގުތުތަކުގައި ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

ރީނދޫ ސަމާލު ނެރެފައިވާއިރު މާލެއަށް މިހާރުވެސް އަންނަނީ ވާރޭ ވެހެމުންނެވެ. މިއަދުވެސް ކޮންމެވެސ ވަރަކަށް ކެރީގެ އަސަރުކުރިއެވެ. އަދި މިއަދުގެ ބޮޑުބައި މާލެ ސަރަހައްދަށް އޮތީ ބަނަކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް