އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ލަފާ ދީފިއެވެ. ޖޭއެސްސީން މިގޮތަށް ލަފާ ދީފައިވާއ...

26 Aug 2019 | 15:02

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ލަފާ ދީފިއެވެ.

ޖޭއެސްސީން މިގޮތަށް ލަފާ ދީފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެބޭފުޅަކު ހަމަޖައްސާތީ މިކަން ވަނީ ވަރަށް ހޫނު ބަހުސަކަށް ވެގެން ގޮސްފައެވެ. އެއް ބަޔަކު ބުނަނީ އެއީ ދީނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެކަމަށް ދީނުގައި ހުރަހެއް ނެތްކަމަށެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫންގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ އެމަނިކުފާނަށް ގާނޫނު އަސާސީން ލިބިދޭ އިހްތިޔާރެއްގެ ދަށުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިތުރު ދެ ފަނޑިޔާރަކު ނެގުމުގެ ޕްރޮސެސް ފަށާފައިމިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް