ފެށީ ޔާމީނާއެކު، ދޫކޮށްފަ ދާނެ ދުވަހެއް ނާންނާނެ: އަދުރޭ

ސިޔާސީ މަސައްކަތް ފެށީވެސް ރައީސް ޔާމީނާއިއެކުގައި ކަމަށާއި ދޫކޮށްފަ ދާނެ ދުވަހެއް ނާންނާނެ ކަމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (...

26 Aug 2019 | 14:19

ސިޔާސީ މަސައްކަތް ފެށީވެސް ރައީސް ޔާމީނާއިއެކުގައި ކަމަށާއި ދޫކޮށްފަ ދާނެ ދުވަހެއް ނާންނާނެ ކަމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑުގެ ސިޔާސީ މަސައްކަތް ފެށީ ރައީސް ޔާމީނާއެކު. އަދިވެސް މިހުރީ ހަމަ އެގޮތުގައި. ކުރިއަށް އޮތް ތަނުގައި ހުންނާނީވެސް އެގޮތުގައި. ރައީސް ޔާމީން ދޫކޮށްފަ ދާނެ ދުވަހެއް އިރާދަކުރެއްވިއްޔާ ނާންނާނެ" އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު ޕްރޮގްރެސިވް ކޯލީޝަން ކަމުގައިވާ ޕީއެންސީ އަދި ޕީޕީއެމަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން މިއަދު ވަނީ އެ ޕާޓީތަކުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ ބޭފުޅުން މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅޭނެ ކަމަށް ބުނެފައިވެއެވެ. އެ މެމްބަރުންނާއެކު އަދުރޭވެސް ދާނެ ކަމަށް އަޑު ފެތުރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް