ވަގަށް ނަގާފައިވާ ސައިކަލެއްގައި، ވަގަށް ނަގާފައިވާ ފޯނުތަކަކާއި އިތުރު ބައެއް ތަކެތި ވިއްކަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ވަގަށް ނަގައިގެން އުޅޭ ފޯނުތަކެއް ހިފައިގެން ބަޔަކު، ބާ ޖަމާލުއްދީން ކައިރީގައި އުޅޭ ކަމުގެ ރިޕޯޓް އިއްޔެ ހަވީރު 06:01 ހާއިރު ފުލުހުންނަށށް ލިބިގެން އެ ސަރަހައްދަށް ފުލުހުން ގޮސްގެންނެވެ.
"މި މައްސަލައާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ތިބި ދެމީހުންނާ ސުވާލުކުރުމަށްފަހު ފޯނުތަކެއް ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަސް ފޯނާއި އަތުކުރީ ގަޑިއެއްގެ އިތުރުން ވަޅިއަކާއި ސިމްކާޑެއްގެ އިތުރުން 4683 ރުފިޔާ ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދެ ދިވެހިން ކަމުގައި ފުލުހުން ބުނެއެވެ.
މީގެ އިތުރުން މި ދެމީހުން ގެންގުޅުނު ސައިކަލަކީވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަމުން ސައިކަލު ޓޯ ކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް