ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރު ކަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ނިހާންގެ އިސްތިއުފާ އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/ahmed_nihan/status/1165940119854936064
"ޕީއެންސީގެ ނައިބުރައީސް ކަމުގެ މަގާމުން އަދި ޕާޓީގެ މެމްބަރު ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ އަތުން ޕީޕީއެމް ގެއްލިދާނެހެން ހީވުމުން ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕާޓީއަކީ ޕީއެންސީއެވެ.
ޕީއެންސީގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ނައިބު ރައީސުންގެ ގޮތުގައި ތިއްބެވީ ނިހާންގެ އިތުރުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާވަށު ދާއިރާގެ މިހާރުގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް