"ކޯކް 2 ހޯމް"، ކޮކާ ކޯލާގެ އުފެއްދުންތައް އޯޑަރު ކުރަން ސަޅި އެޕެއް!

ކޮކާ ކޯލާގެ އުފެއްދުންތައް ގޭގައި ތިބެގެން އޯޑަރުކުރުމަށް އެ ކުންފުނިން "ކޯކް 2 ހޯމް" ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ...

26 Aug 2019 | 08:02

ކޮކާ ކޯލާގެ އުފެއްދުންތައް ގޭގައި ތިބެގެން އޯޑަރުކުރުމަށް އެ ކުންފުނިން "ކޯކް 2 ހޯމް" ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކޮކާ ކޯލާގެ އުފެއްދުންތަކަށް އޯޑަރުކުރެވޭނެއެވެ. މިފަދަ އެޕްލިކޭޝަނެއް ރާއްޖޭގައި އުފެއްދީ ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، ކަސްޓަމަރުންނާ އޮންނަ ގުޅުން އަބަދުވެސް ބޭއްވުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ކޮކާ ކޯލާއިން ބުނީ، މި އެޕް މެދުވެރިކޮށް ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

މިއީ މިފަދަ ބޮޑު ކުންފުންޏަކާ ސީދާ މުއާމަލާތް ކުރެވޭނެހެން ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ އެޕަށް ވާއިރު، މި އެޕް މެދުވެރިކޮށް ކޮކާ ކޯލާގެ ހުރިހާ އުފެއްދުމަކަށް ވެސް އޯޑަރުކުރެވޭނެއެވެ. އެގޮތުން ކޯކުގެ އިތުރުން އެކި ފިޒީ ޑްރިންކްސްތަކާއި، މޮންސްޓާ އެނާޖީ ޑްރިންކް އަދި އެކިކަހަލަ ޖޫހުގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުންވެސް އެކުންފުނިން އުފައްދާ ފެނަށް ވެސް މި އެޕް މެދުވެރިކޮށް އޯޑަރު ކޮށްލެވޭނެއެވެ.

ކޮކާ ކޯލާ އިން އަލަށް އުފެއްދި މި އެޕް މެދުވެރިކޮށް އޯޑަރު ކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއްވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެޕް ޕްލޭސްޓޯރުންނާއި، އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެންޑްރޮއިޑް އެޕް އައިފޯން އެޕް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް