ކުޅެން ފޯރި ހުންނަ ލޯބިވެރިޔާ އާނބަސް ބުނުމުން ހަދިޔާއަކަށް ދިނީ މޮޅު ގޭމިން ސިސްޓަމެއް

އިންޑޮނޭޝިޔާ ފިރިހެނަކު އޭނާގެ ލޯބިވެރިޔާއަށް ކައިވެންޏަށް ހުށަހެޅުމުން، އެ ކައިވެންޏަށް ލޯބިވެރިޔާ އާނބަސް ބުނުމުން ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު މޮޅު ގޭމިން ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ. އެ އަންހެނ...

26 Aug 2019 | 08:00

އިންޑޮނޭޝިޔާ ފިރިހެނަކު އޭނާގެ ލޯބިވެރިޔާއަށް ކައިވެންޏަށް ހުށަހެޅުމުން، އެ ކައިވެންޏަށް ލޯބިވެރިޔާ އާނބަސް ބުނުމުން ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު މޮޅު ގޭމިން ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ.

އެ އަންހެން މީހާއަކީ ގޭމްކުޅުމަށް ހާއްސަ ސަމާލުކަމެއް ދޭ އަންހެނެކެވެ. އަދި އޭނާ ކުރިއަށް ދާން ބޭނުންވަނީވެސް އެ ރޮނގުން ކަމުގައިވެއެވެ.

އެ ފިރިހެން މީހާގެ ނަމަކީ އީވާން ޕްރަތަމާއެވެ. ގޭމިން ސިސްޓަމު ހަދިޔާ ކުރީ އޭނާގެ ލޯބިވެރިޔާ، ތިއާރާއަށެވެ. ޕްރަތަމާ ވަނީ އެ ގޭމިން ސިސްޓަމާއެކު ދެ ލޯބިވެރިން ނެގި ފޮޓޯވެސް ފޭސްބުކުގައި ހިއްސާކޮށްފައެވެ.

"އަހަރެން އެ ސިސްޓަމު ގަތީ ކައިވެންޏަށް ހުށަހެޅުމުގެ ކުރިން، އެއީ އަހަރެން ތިއާރާ ދެކެ ލޯބިވާ ކަމުގެހެއްކެތް" ޕްރަތަމާ ބުނެފައވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މީހަކު ދައްކަފާނެ ވާހަކައަކަށް އޭނާ ނުބަލާ ކަމަށާއި ތިއާރާ ދެކެ ވަނީ ހަގީގީ ލޯބި ކަމަށެވެ.

ޕްރަތަމާ އޭނާގެ ލޯބިވެރިޔާއަށް ހަދިޔާކުރި ގޭމިން ސިސްޓަމުގެ އަގު ގާތްގަނޑަކަށް 1000 ޑޮލަރަށް އަރާނެ ކަމަށް އިންޑޮނޭޝިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް