ރައީސް ޔާމީނުގެ މައްސަލާގައި އިތުރު ހެކިބަސް ނެގުން އަންނަ އަންގާރަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ މަނީ ލޯންޑަރިންގ ގެ މައްސަލައާއި ގުޅިގެން އިތުރު ހެކިވެރިއެއްގެ ހެކިބަސް ނެގުން އަންނަ ހަފްތާއަށް ތާވަލް ކޮށްފިއެވެ. ރައީސް ޔާމީން ގެ މައްސަލ...

26 Aug 2019 | 07:52

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ މަނީ ލޯންޑަރިންގ ގެ މައްސަލައާއި ގުޅިގެން އިތުރު ހެކިވެރިއެއްގެ ހެކިބަސް ނެގުން އަންނަ ހަފްތާއަށް ތާވަލް ކޮށްފިއެވެ.

ރައީސް ޔާމީން ގެ މައްސަލާގައި ހެކިބަސް ނެގުން އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުއެވެ. މިހެން ބުނެފައިވަނީ ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް އާސިފް ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓުގައި ބުނެފައިވަނީ "ސެޕްޓެމްބަރު 03، 10:30 އަށް ރައީސް ޔާމީން މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށް، އެމަނިކުފާނުގެ ވަކީލުންނަށް ކޯޓުން ޗިޓު ރައްދުކޮށްފި،" މިހެންނެވެ.

ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް