އިންޑިއާ ރަޖިސްޓްރީ ނަމްބަރު ޖެހި ވެހިކަލް ޓޯ ކޮށްފި

ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އިންޑިއާއަށް ނިސްބަތްވާ ރަޖިސްޓްރީ ޕްލޭޓެއް ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ މީސްމީޑިއާގައި ވައިގައި ހިފާފައިވާއިރު، އެ ވެހިކަލް ރޭގެ ވަގުތެއްގައި ...

26 Aug 2019 | 07:00

ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އިންޑިއާއަށް ނިސްބަތްވާ ރަޖިސްޓްރީ ޕްލޭޓެއް ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ މީސްމީޑިއާގައި ވައިގައި ހިފާފައިވާއިރު، އެ ވެހިކަލް ރޭގެ ވަގުތެއްގައި ޓޯ ކޮށްފިއެވެ.

މީޑިއާތަކަށް މައުލުމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވާގޮތުގައި އެ ވެހިކަލް ޓޯ ކޮށްފައިވަނީ ރޭ 11:30 ހާއިރުގައެވެ.

"ރަޖިސްޓްރީ ނަމްބަރު ބޯޑު ހަރުނުކޮށް ހުޅުމާލެ އަމީން އެވެނިއު ކުރިމަތީ ޕާކުކޮށްފައިވާ އޮތް ކާރެއް ރޭ 23:30އެހާކަންހާއިރު ފުލުހުން ވަނީ ޓޯ ކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ފުލުހުން ސީނަށް ދިޔައިރު އޭގެ ނަމްބަރު ޕްލޭޓް އޮތީ ނައްޓާލާފައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކާރަކީ ދިވެހި އަންހެނަކު އިންޑިއާގައި ދުއްވަން ގެންގުޅުނު ކާރެކެވެ.

[contentcards url="https://dhuvas.mv/91759" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް