އުކުޅަހުގައި ހެދި ކޮންވެންޝަން ސެންޓަރު ހުޅުވައިފި

ސަރުކާރުން އއ.އުކުޅަހުގައި ހެދި ކޮންވެންޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ. މި ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އުކުޅަހު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް އަމީނ...

26 Aug 2019 | 06:49

ސަރުކާރުން އއ.އުކުޅަހުގައި ހެދި ކޮންވެންޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.

މި ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އުކުޅަހު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ނިންމީ ގާތްގަނޑަކަށް 25 ދުވަހުންނެވެ.

މިނިސްޓަރ ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ސައިންސް އެންޑް ކޮމިޔުކޭޝަން މިނިސްޓަރު މުހައްމަދު މަލީހާއި އިންޑިއާގެ އެމްބެސެޑަރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ކޮންވެންޝަން ސެންޓަރުގައި 400 މީހުންގެ ޖާގައިގެ ހޯލަކާއި ވެއިޓިން އޭރިއާއަކާއި އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް ހުންނާނެއެވެ. މީގެ އިތުރުން ދެ ކްލާސް ރޫމާއި އަށް ފާހާނާ (އަންހެން، ފިރިހެން ވަކިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާތައް ހިމެނޭ ގޮތުން) އާއި ތިން ގުދަން އަދި ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީސް ހުންނާނެއެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިޔާ ސަރުކަރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރިތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް