ސްވިމިން އެސޯސިއޭޝަނުގެ ކޮމިޝަންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސްވިމިން އެސޯސިއޭޝަނުން ޢަމަލުކުރަންފެށި އައު ހިންގާ ޤަވައިދުގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިފިއެވެ. މިއަދު ސްވިމިން އެސޯ...

26 Aug 2019 | 06:45

ސްވިމިން އެސޯސިއޭޝަނުން ޢަމަލުކުރަންފެށި އައު ހިންގާ ޤަވައިދުގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިފިއެވެ.

މިއަދު ސްވިމިން އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާން ގައި ބުނެފައި ވަނީ، ފެތުމުގެ ދާއިރާއަށް ޚިދުމަތްކުރުމަށް ޝައުޤުވެރިވާ މެންބަރުން، 19 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅުއްވުމަށެވެ.

އެގޮތުން އެކި ކުޅިވަރު ޑިސިޕްލިންތަކުން، ކޮމިޝަންތަކަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

ކޮމިޝަންތަކުގެ ތެރޭގައި އެތުލީޓްސް ކޮމިޝަން (ހިންގާ ޤަވައިދުގެ 36 ވަނަ މާއްދާ)، ކޯޗާސް ކޮމިޝަން (ހިންގާ ޢަވައިދުގެ 37 ވަނަ މާއްދާ)، ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (ހިންގާ ޢަވައިދުގެ 38 ވަނަ މާއްދާ) އިއުލާންގައި ފާހަގަކޮށްފައިވެއެވެ.

އޮންލައިން އެޕްލިކޭޝަން ފޯރމް: ލިންކް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވައިދު: ލިންކް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް