ބިލާލްގެ ފާނައަކީ ސަހާބީންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ސަހާބީއެކެވެ. ބީލާލްގެފާނު އަޅެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ވަރަށް ބޮޑަށް އަނިޔާ ލިބިވަޑައިގަތެވެ. އެކަލޭގެ ފާނަށް ލިބުނު އަނިޔާތަކަކީ ގަލަމަކުން ދުލަކުން ބަޔާންކުރެވޭނެ ވަރަށް ވުރެ މާ އިހާނެތި ލާއިންސާނީ އަނިޔާތަކެކެވެ.
ބިލާލްގެ ފާނަށް މާތް ﷲ ވަނީ ވަރަށް މަތިވެރި މާތް މަގާމެއް ދެއްވާފައެވެ. އިސްލާމްދީނުގައި އެންމެ ފުރަތަމަ ބަންގި ގޮވި ބޭފުޅާއަކީ ބިލާލްގެ ފާނެވެ. މުސްލިމުން ކުރެއްވި ކޮންމެ ހަނގުރާމައެއްގައި ބައިވެރިވެވަޑައިގެން އިސްލާމްދީނަށްޓަކައި މުހިއްމު ބޮޑެތި ގުރުބާނީތައް ވިއެވެ. ރަސޫލާ (ސ.އ.ވ) އެ ބޭކަލަކަށް ލޯބި ކުރެއްވި އަދި އެ ބޭކަލަކުވެސް ރަސޫލާ (ސ.އ.ވ) އަށް ނުހުނު ލޯބިކުރެއްވި ބޭފުޅެކެވެ. ބިލާލްގެ ފާނު ރަސޫލާދެކެ ވެވަޑައިގެންނެވި ލޯތްބަކީ އާދަޔާ ޚިލާފު ލޯތްބެކެވެ.
ރަސޫލާ (ސ.އ.ވ) ސުވަރުގެ ވަޑައިގެންނެވި ދުވަހު ހުރިހާ އަސްހާބުން ތިއްބެވީ ފުން ހިތާމާގައެވެ. އެކަލޭގެފާނު (ސ.އ.ވ) ސުވަރުގެ ވަޑައިގަތުމަށްފަހު ޖެހުނު ފުރަތަމަ ނަމާދުގައި ބިލާލްގެ ފާނު އާދައިގެމަތިން ބަންގި ގޮވުމަށް ވަޑައިގަތް ٱللهُ أَكْبَر ٱللهُ أَكْبَر އޭ ވިދާޅުވެ ފެއްޓެވިއެވެ. އެހެނަސް أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱلله އޭ ވިދާޅުވި ހިސާބުން ކީރިތިކުރެއްވޭ ވަރުން ބަންގި ކުރިއަކަށް ނުގެންދެވުނެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައިން ބީލާލްގެ ފާނަށް ބަންގި ކުރިއަށް ނުގެންދެވުނީއެވެ. ކީރިތި ކުރެއްވޭ ވަރުންނެވެ. އޭގެ ފަހުން ޖެހިގެން އައި ތިން ދުވަހުވެސް ބަންގި ގޮވަން މަސައްކަތްކުރެއްވި ނަމަވެސް ކީރިތި ކުރެއްވޭވަރުން ކުރިއަކަށް ނުގެންދެވެއެވެ. އެންމެ ފަހުން އެރަށް ދޫކުރައްވާ އެހެން ރަށަކަށް ވަޑައިގަތީއެވެ. އެ ރަށުގެ ކޮންމެ ކަމެއް ބިލާލްގެފާނު ހަނދުމަފުޅަށް ގެނެސްދެއްވަނީ ރަސޫލާ (ސ.އ.ވ) ހަނދާންތަކެވެ. އެހެނަސް މި އަސަރުން ފުރިގެންވާ ލޯތްބަކަށް ނިމުމެއް ނެތެވެ. މި އާދަޔާ ޚިލާފު އަސަރާއި އިބުރަތުން ފުރިގެންވާ ވާހަކަ އަޑުއަހާލުމަށް މި ވީޑިއޯ ބައްލަވާލައްވާށެވެ.
https://www.youtube.com/watch?v=ZKE0QMWHu6I
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް