އޭބީޑީގެ ރައީސް ރާއްޖޭގައި

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް, ޓަކެހީކޯ ނަކާއޯ ރާއްޖެ ވަޑައިގެންފިއެވެ. ނަކާއޯ ރާއްޖެ ވަޑައިގަތް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ސަރު...

26 Aug 2019 | 06:31

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް, ޓަކެހީކޯ ނަކާއޯ ރާއްޖެ ވަޑައިގެންފިއެވެ.

ނަކާއޯ ރާއްޖެ ވަޑައިގަތް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި އެމަނިކުފާނު ބައްލަވައިލާނެ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ހުޅުމާލެ ދަވަނަ ފޭސްގައި ކުރިއަށްދާ މަސައްކަތްތަކާއި، ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓް ހިމެނެއެވެ.

މިއީ ނަކާއޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އޭބީޑީ އަކީ މާލީ ގޮތުން ރާއްޖެއަށް ވަރަށް އެހީތެރިވާ ބޭންކެކެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ އެކި އެކި މަޝްރޫއުތަކަށް އެބޭންކުން ފަންޑުކުރަމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް