ފޮތެއް އެކޮޅުކޮޅުން ހިފައިގެން ހުރުމުން ޖާންވީ ކަޕޫރަށް ގިނަ ބައެއްގެ ފާޑުކިއުން

ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރު، ފޮތެއް އެކޮޅުކޮޅުން ހިފައިގެން ހުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ. ހަރިންދަރ ސިއްކާގެ "ކޯލިންގ ސެހެމަތު" ނަމަކަށް ކިއުނު މި ފޮތުގެ ހިންދީ...

26 Aug 2019 | 06:05

ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރު، ފޮތެއް އެކޮޅުކޮޅުން ހިފައިގެން ހުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ހަރިންދަރ ސިއްކާގެ "ކޯލިންގ ސެހެމަތު" ނަމަކަށް ކިއުނު މި ފޮތުގެ ހިންދީ އެޑިޝަން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ޖާންވީ ވަނީ ބައިވެރިވެފައެވެ. ފޮތް ލޯންޗުކުރެވުނު ވަގުތު ޖާންވީ ހުރީ ފޮތް އެކޮޅުކޮޅުން ހިފަހައްޓައިގެންނެވެ. ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ގޮސް، އޭނާއަށް ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ފޮތް ލޯންޗްކުރި އިވެންޓެއްގައި އެކޮޅުކޮޅުން ފޮތް ހިފަހައްޓައިގެން ތިބޭނީ ސިކުނޑި ނެތް މީހުން ކަމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. މިކަމާ ގުޅިގެން ޖާންވީ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖާންވީ އަކީ މަޝްހޫރު ބަތަލާ، ޝްރީ ދޭވީގެ ދަރިފުޅެވެ. ޖާންވީ ބޮލީވުޑަށް ތައާރަފްވީ ކަރަން ޖޯހަރްގެ "ދަޅަކް" ފިލްމުންނެވެ. ކަރަން ޖޯހަރްގެ "ތަޚްތު" އިންވެސް ޖާންވީ ފެނިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް