ލ.ގަމުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ލ.ލިންކް ރޯޑުން މި މީހާ ހައްޔަރުކޮށްފައިވަނީ ލ.މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޯގަސްޓް 22 ވަނަ ދުވަހުގެ 15:30 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.
އުމުރުން 27 އަހަރުގެ މިމީހާ ހައްޔަރުކޮށް، ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ މިހާރު ގެންދަނީ ގަން ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް